ޒާތީ މައުލޫމާތު ރައްކާތެރިކުރަން ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅަނީ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތް ނަމަވެސް، ވަޒީރުންނަށް ރުހުން ދިނުން އަނބުރާ ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ އަލުން ފޮނުވާލާފައި - ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތް ނަމަވެސް، ވަޒީރުންނަށް ރުހުން ދިނުން އަނބުރާ ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ އަލުން ފޮނުވާލާފައި - ފޮޓޯ: ރައީސް އޮފީސް

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލެއް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު އިއުލާންކުރައްވައިފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް މިކަން އިއުލާންކުރެއްވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ މުހިންމު ބިލުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ. 

ޑޭޓޭ ޕްރޮޓެކްޝަން ބިލަކީ، އުޝާމް ވިދާޅުވި ގޮތުގައި، މި ބިލުގެ މަސައްކަތް ކުރަމުންދ ދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި މި ބިލު މަޖިލީހަށް ފޮނުވާނެ އެވެ. 

"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް،" އުޝާމް ވިދާޅުވި އެވެ.

ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން މި އުޅެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިމިގްރޭޝަނުން މައުލޫމާތު ބަދަލުކުރާތީ ބޮޑު މައްސަލަގަނޑެއް ފެންމަތިވެގެން އުޅެނިކޮށެވެ. 

ބީއެމްއެލް އާއި އިމިގްރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގެ ކާޑުތަކުން ބޭރު ގައުމުތަކުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ލިބޭ ލިމިޓު އެކްޓިވޭޓު ވަނީ އިމިގްރޭޝަނުން އެ މީހަކު ރާއްޖޭން ބޭރުގައި ހުރިކަން ކަށަވަރުކޮށްދިނީމަ އެވެ. މިކަމާ ކަންބޮޑުވާ ގިނަ ބަޔަކު ބުނަމުން އަންނަނީ މި ގޮތަށް ރުހުން ނެތި މައުލޫމާތު ބަދަލުނުކުރެވޭނެ ކަމަށެވެ. 

މި ކަންބޮޑުވުންތަކާ ގުޅިގެން ބީއެމްއެލްއިން ވަނީ، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ނުހޯދާ ކަމަށާއި އަދި ޒާތީ މައުލޫމާތު ހިއްސާނުކުރާ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އެ ބޭންކުން މީޑިއާތަކަށް ބުނީ، އިމިގްރޭޝަނުން ހޯދާ ހަމައެކަނި މައުލޫމާތަކީ އެ މީހަކު ރާއްޖޭން ބޭރުގައި ހުރިތޯ ނުވަތަ ނޫންތޯ އެވެ. 

ބޭންކުން މި ޔަގީންކަން ދިން ނަމަވެސް، ފަންނީ މީހުން ހިމެނޭހެން، މިކަމާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހިޔާލުފާޅުކޮށްފައިވާ މީހުން ބުނަނީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް ނެތި މި ގޮތަށް މައުލޫމާތު ބަދަލުކޮށްގެން ނުވާނެ ކަމަށެވެ. 

ފަހުގެ ޚަބަރު

ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމުގެ ހެއްކެއް ނެތް: އާހިދު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބަންޑާރަނައިބު ކުރެއްވި ތުހުމަތުތަކަށް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެ އިންފޮމޭޝަން ކޮމިޝަނަރު ރައްދު ދެއްވައިފިއެވެ.

ރައީސްގެ ބަޔާން ނެގިތޯ އެހުމުން ފުލުހުން ޖަވާބެއް ނުދިން

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް މުއިއްޒުގެ ބަޔާނެއް ނެގިކަމަށް ވަކީލު ޝަމީމް ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭގޮތުން ފުލުހުން ޖަވާބެއް ދީފައެއް ނުވެއެވެ. މި މައްސަލައިގެ ތަހުގީގަށް އަދަދު ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް އިސްވެރިންނާއި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަށް ދިފާއުގެ ފުރުސަތު ނުދިން

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަށް، އޭނާގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފުލުހުން ނުދޭ ކަމަށް ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް ވިދާޅުވީ އޭނާގެ މުވައްކިލަކީ ޖިންސީ ޝިކާރައަކަށްވި ފަރާތެއްކަން ސާބިތުކޮށްދޭން މަސައްކަތް ކުރި ނަމަވެސް، އެކަމަށް ފުލުހުން ހުރަސްއަޅާފައިވާ ކަމަށެވެ.

"މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލު މި ދައުރުގައި ހުށަނޭޅޭނެ"

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގައި ހުށަނޭޅޭނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ. ނަމަވެސް ބިލުގެ ބޮޑުބައެއް ނިމިފައިވާތީ، ދީނީ އަދި އިތުރު ކަންކަމަށް ރިއާޔަތްކުރުމަށްފަހު މިއަހަރުގެ ދެވަނަ ދައުރުގައި ބިލު ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި.

އާރުޓީއައި ގާނޫނު "އެބިއުސް" ކުރާ ކަމަށް އުޝާމް ވިދާޅުވެއްޖެ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ބޭނުން ބައެއް ފަރާތްތަކުން ނާޖާއިޒު ގޮތުގައި ހިފަމުންދާތީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ދިނުމަށް ގިނަ ވަގުތު ހޭދަވާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވިއިރު ސަރުކާރުން މައުލޫމާތު ހިފަހައްޓައި، ގާނޫނީ މުއްދަތުގައި ޖަވާބު ނުދޭ ކަމުގެ ޝަކުވާތައް އާންމުންނާއި ނޫސްވެރިން އަންނަނީ ކުރަމުން.

ނަޝީދު އިންޑިއާ ކަނޑުގެ ސަލާމަތީ ކޮންފަރެންސްއަކަށް ދިއްލީއަށް

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ނިއުދިއްލީގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ހިތަދޫ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ތަރުތީބުކޮށްފި. މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ފަރާތުން ކުރީގެ މޭޔަރު އަބްދުﷲ ސޯދިގާއި، ޕީއެންސީގެ ފަރާތުން އަހްމަދު ސައީދު.

Newsletter

Get the latest news delivered straight to your inbox